ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅުކޭސްތައް މިހާތަނަށް މާލޭގެ 15،000 ގެއަކަށް ހަވާލުކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ މިހާތަނަށް ޖުމްްލަ 15،000 ގޭބީސީއަށް މަސްދަޅު ކޭސް ފޯރުކޮށްދެވިފައިވާ ކަމަށާއި، މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ހަމައެއާއެކު، ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމް ކުރިޔަށްގެންދާނެ ކަމަށް ވަޒީރު ޝަރީފު ވަނީ ވިދާޅުވެފައެވެ.
ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމް ކުރިއަށްގެންދާނެ ކަމަށް ވަޒީރު ޝަރީފު ވަނީ ވިދާޅުވެފައެވެ.
ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިއަށްދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާއިރު، މާލެ ސަރަހައްދުގައި މަސް ދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގައެވެ. މަސްދަޅުކޭސް ހޯދުމަށް ގޭގެ މީޓަރ ނަންބަރ ބޭނުންވާއިރު، ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަަމަށް މައުލޫމާތު ލިބެއެވެ.
ކޮންމެ އަަހަރެއްގެ ރޯދަ މަހާއި ދިމާކޮށް، ރައްޔިތުންނަށް ލުއި ފަސޭހަގޮތް ހޯދާދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފަހަގަކޮށްލެވެއެވެ. އެގޮތުން، މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ދީފައިވެއެވެ.

