ޚަބަރު
ރޯދަމަހަށް ދޭނީ ވަކި ބިލެއް، %10 ގެ ޑިސްކައުންޓެއް ލިބޭނެ: ސްޓެލްކޯ

މިއަހަރުގެ ރޯދަމަހުގެ ކަރަންޓް ބިލުން 10 ޕަސެންޓްގެ ޑިސްކައުންޓް ދިނުމަށްޓަކައި ރޯދަ މަހަށް ވަކި ބިލެއް ދޭން ސްޓެލްކޯއިން ނިންމައިފި އެވެ. މިކަން އިއުލާނުކޮށްފައިވަނީ މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސްޓެލްކޯއިން މައުލޫމާތު ދިންގޮތުގައި، މިފަހަރު ރޯދަމަހުގެ ބިލް ތައްޔާރުކުރާނީ މާދަމާ އާއި ރޯދަ މަހުގެ ފަހު ދުވަހު ރީޑިން ނެގުމަށްފަހު، މުޅި މަހަށް ވަކި ހާއްސަ ބިލެއްގެ ގޮތުގައެވެ. މިގޮތަށް ބިލް ތައްޔާރުކުރަން ނިންމާފައިވަނީ މީގެ ކުރިން ބިލް ތައްޔާރުކުރާއިރު 12 ދުވަހުގެ ތަފާތު އަންނާތީ، މިދިޔަ އަހަރު ބައެއް ގެތަކަށް ދެ މަހުގެ ބިލުން ވެސް ޑިސްކައުންޓް ދޭން ޖެހުނު މައްސަލަ ހައްލުކުރުމަށެވެ.

ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އެއް އަހަރުގެ ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށާއި، ޑިސްކައުންޓު ދޭނީ އިތުރުވާ އަދަދަށް ބަލައިގެން ކަމަށް ސްޓެލްކޯއިން ހާމަކުރިއެވެ.

މީގެއިތުރުން، ސަރުކާރުން ވަނީ ކަރަންޓް ބިލުގެ އިތުރުން ފެން ބިލުން ވެސް ޑިސްކައުންޓް ދޭނެކަން އިއުލާނުކޮށްފައެވެ. އަދި ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދޫކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!