ތިން ފަނޑިޔާރުންގެ މައްސަލަ އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރާނަން ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮރަޕްޝަންގެ އަމަލެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެ މައްސަލައެއް ތަޙުޤީޤު ކުރުމަކީ ކޮމިޝަންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއް ކަމަށެވެ. އަދި ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއް ނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައި ވެއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކޮށްފައެވެ. އެ ބިލްގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށެވެ.
މީގެއިތުރުން ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މި މައްސަލަ ބަލަމުންދާ ބެންޗުގައި ސަސްޕެންޑު ކުރި ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ. އަދި އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި މި މައްސަލަ ކުރިޔަށް ގެންދަން ކޯޓުން ވަނީ ނިންމައިފައެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑް ކުރެވިފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ ކޯޓުތަކާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ފާސްކޮށްފައެވެ. މި ބިލުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމެވެ.
ސަސްޕެންޑް ކުރެވުނު ތިން ފަނޑިޔާރުން ހިމެނޭ ބެންޗުން ބަލަމުންދިޔަ އެއް މައްސަލައަކީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙު ބާޠިލްކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެވެ. މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމާފައިވީ ނަމަވެސް، ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން މި މައްސަލައިގެ އިތުރު އަޑުއެހުމެއް ކުރިއަށް ނުގެންދެވޭނެއެވެ.

