ޚަބަރު
ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރާއި ރާއްޖޭގެ ސަފީރު ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޝިއުނީން ރަޝީދު، އެގައުމުގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުހަންމަދު ޔޫނުސްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ އިސްވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެއްބައިވަންތަކަމާއި ގާތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ބައްދަލުވުމުގައި ޑރ. ޔޫނުސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިވީ ކުރު މުއްދަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ދެފަހަރު ބައްދަލުކުރެއްވިފައިވާކަމަށާއި، މިއީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައެވެ. އަދި ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްއަކީ ޚާއްޞަކޮށް މަތީ ތަޢުލީމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްޙީ ދާއިރާއިން މަތީ ތަޢުލީމް ހާސިލުކުރުމަށް ކޮންމެ އަހަރަކު ބަންގްލަދޭޝްއިން ރާއްޖެއަށް ދެމުންދާ ސްކޮލަރޝިޕްތަކާއި މެޑިކަލް އިންޓަރންޝިޕްގެ ފުރުޞަތުތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ސަފީރު ވަނީ ޑރ. ޔޫނުސްއާ ހިއްސާކުރައްވާފައެވެ. މިކަމުގައި ބަންގްލަދޭޝް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޑރ. ޔޫނުސް ވަނީ ދެއްވާފައެވެ.

އަދި ބައިނަލްއަގްވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި މަޝްވަރާތަކުއި ރާއްޖެއާއި ބަންގްލަދޭޝް ފަދަ މޫސުމީ ބަދަލުތަކަގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތަށް ގުޅިގެން އެކުއެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!