ޚަބަރު
އެންމެ އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް ފަސޭހައިން ދެނެގަނެވޭނެ ‘އަގުމަގު ޕޯޓަލް’ ލޯންޗްކޮށްފި!

މިއަހަރުގެ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބަލާލެވޭނެ “އަގުމަގު” ޕޯޓަލް ލޯންޗްކޮށްފިއެވެ.

މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި އެޕްލިކޭޝަންގެ މައިގަނޑު މަޤްޞަދަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފެންނަން ހުންނާނެއެވެ.

އެޕްލިކޭޝަން ލޯންޗްކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، “އެޕްލިކޭޝަންގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ގޭތެރޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެމަގު ފަހިކޮށްދިނުން” ކަމަށެވެ. އަދި އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކުންވެސް ކަނޑައަޅާ ބާވަތްތައްކަމަށް އިތުރަށް ވިދާޅުވިއެވެ.

މި ޕޯޓަލުގައި އަގުތައް ފެންނަން ހުންނާނީ އިޤްތިޞާދީ ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކާއި ބާޒާރުތަކަށް ގޮސް އެއްކުރާ މަޢުލޫމާތުގެ މައްޗަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވިޔަފާރިވެރިންނަށް އަމިއްލައަށް އަގުތައް ޕޯސްޓްކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މިވަގުތު މި ޕޯޓަލްގައި ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ތަކެތި ލިބެންހުރި އަގުތައް ކަމަށާއި، ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރަށްތަކުގެ އަގުތައްވެސް ހިމަނާނެކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!