ޚަބަރު
އައްޑޫ ސިޓީ ބްރިޖުގެ ފަންނީ މަސައްކަތަށް ލަފާދޭނެ މީހުން ހޯދަނީ

އައްޑޫސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ މަސައްކަތްތަކަށް ފަންނީ ލަފާ ދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާންކޮށްފިއެވެ.

މާލީ ވުޒާރާއިން މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް، އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ކޮންސަލްޓަންސީ ސާރވިސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން، އެ ފަރާތެއްގެ ފަންނީ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. މީގެ ތެރޭގައި ކުންފުނީގެ ފަންނީ ޤާބިލުކަމާއި، މި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މަސައްކަތްތަކުގެ އަގު، އަދި ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދޭ ލިޔުންތައް ހިމެނެއެވެ.

އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް ހަމަޖެހިފައިވާ ބްރިޖަކީ ކޯޒްވޭ ހިމެނޭހެން 14-15 ކިލޯމީޓަރުގެ ދިގުމިނުގެ ބްރިޖެކެވެ. މި މަޝްރޫޢުގެ ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ “ދި އަރަބް ކޮންޓްރެކްޓަރސް” އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!