ޚަބަރު
ފަލަސްތީން މީހަކާއި އިޒްރޭލު މީހެއް ގުޅިގެން ހެދި ޑޮކިއުމެންޓްރީއަށް އޮސްކާ އެވޯޑް!

ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް އަނިޔާވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުންދާ އުދުވާނާއި މި އަނިޔާ އާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހިތްވަރު ދައްކައިދޭ ޑޮކިއުމެންޓްރީ ‘ނޯ އަދާ ލޭންޑް’ އަށް އޮސްކާ އެވޯޑު ލިބިއްޖެއެވެ.

ރޭ ލޮސް އެންޖެލަސްގައި ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި މި ޑޮކިއުމެންޓްރީއަށް އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗާގެ އެވޯޑް ލިިބިގެން ގޮސްފައިވާއިރު، ފާހަގަކޮށްލަންޖެހޭ ކަމަކީ މި ފިލްމު އުފައްދާފައިވަނީ ފަލަސްތީނު މީހަކާއި އިޒްރޭލު މީހަކު ގުޅިގެންކަމެވެ.

މި ޑޮކިއުމެންޓްރީގައި 2019 އާއި 2023 އާއި ދެމެދު އިޒްރޭލުގެ އަސްކަރިއްޔާ އިން ހިނގާފައިވާ އަނިޔާވެރި ހާދިސާތައް ދައްކާއިރު، މި ޑޮކިއުމެންޓްރީ އުފެއްދި އެއް ފަރާތްކަމުގައިވާ ފަލަސްތީނަށް ނިސްބަތްވާ އެކްޓިވިސްޓް ބާސިލް އަދްރާ، އިޒްރޭލު ސިފައިން އޭނާގެ އަވަށް ސުންނާފަތި ކުރަމުންދާތަން ވީޑިއޯ ކުރުމުގެ ތެރޭގައި ނުރައްކަލާ ކުރިމަތިލާތަން ފެނިގެންދެއެވެ.

ބާސިލް މިކަންކަމާއި ދެކޮޅަށް އަޑުއުފުލި ނަމަވެސް އޭނާގެ އަޑުއަހާނެ މީހަކު ނުވެ ހުއްޓާ، އޭނާގެ އަޑުއެހި މީހަކަށްވީ އޭނާ އާއި އަލަށް ރަހުމަތްތެރި ކަމުގެ ގުޅުން ބަދަހިކުރި، އިޒްރޭލުގެ ނޫސްވެރިއެއް ކަމަށްވާ ޔުވާލް އަބްރަހަމްއެވެ.

އޮސްކާ އާއި ހަވާލްވުމަށްފަހު ވާހަކަދައްކަމުން ޔުވާލް އަބްރަހަމް ބުނިގޮތުގައި ބާސިލްއާ އެކު އެ ޑޮކިއުމެންޓްރީ އުފެއްދީ ދެ މީހުން އެކުގައި އުފުލާ އަޑު ވަރުގަދަވާނެތީ ކަމަށާއި ދެ މީހުންނަށް އެކަކު އަނެކެއްގެ ހާލަތު ވަޒަންކުރެވޭ ކަމަށެވެ. އޭނާ ވަނީ އިޒްރޭލުގެ ސަރުކާރަށް ފާޑުކިޔައި، ހަމާސް އިން ރަހީނުކުރި އިޒްރޭލު ރައްޔިތުން މިނިވަންކުރުމަށް ވެސް ގޮވާލާފައެވެ.

” ބާސިލްއަށް ބަލައިލީމާ އަހަންނަށް ފެންނަނީ އަހަރެންގެ ބޭބެ އެއް ފަދަ މީހެއް. އެކަމަކު އަހަރެމެން ދެ މީހުން ހަމަހަމައެއް ނޫން.  އަހަރެން މިނިވަންކަންމަތީ ދިރިއުޅޭއިރު ބާސިލް އުޅެނީ އޭނާގެ ދިރިއުޅުން ސުންނާފަތިކޮށްލާފައިވާ އަސްކަރީ ބާރެއްގެ ދަށުގައި އެއްވެސް މިނިވަންކަމެއް ނެތި” ޔުވާލް ބުންޏެވެ.

ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާ ހުއްޓުވުމަށް ދުނިޔެއިން ސީރިއަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުން ބާސިލް ބުނި ގޮތުގައި ޑޮކިއުމެންޓްރީން ފެނިގެންދަނީ ފަލަސްތީނު ރައްޔިތުން ކުރިމަތިލާންޖެހިފައިވާ އަނިޔާވެރި ހަގީގަތް ކަމަށާއި އޭނާ ބައްޕައަކަށް ވުމަށްފަހު އުއްމީދަކީ އޭނާގެ އަންހެން ދަރިފުޅު އެ ދިރިއުޅުން އުޅެން ނުޖެހުން ކަމަށެވެ.

ޔުވާލް ބުނީ ނަސްލީ ބާރުވެރިކަން ދޫކޮށް، ދެބައި މީހުންނަށް ވެސް އަމިއްލަ ގައުމުގައި އަމިއްލަ ހައްގުތައް ލިބިދޭ ސިޔާސީ ހައްލެއް ހޯދުމުގެ މަގު އޮތް ނަމަވެސް އެ މަގު ބަންދުކޮށްފައިވަނީ އެމެރިކާގެ ހާރިޖީ ސިޔާސަތުތައް ކަމަށެވެ.

މި ޑޮކިއުމެންޓްރީ އަށް ބާލިން ފިލްމް ފެސްޓިވަލްގައި އޯޑިއެންސް އެވޯޑާއި، އެންމެ މޮޅު ޑޮކިއުމެންޓްރީގެ އެވޯޑް އަދި ނިއު ޔޯކް ފިލްމް ކްރިޓިކްސް ސާކަލްގެ އެންމެ މޮޅު ނޮން-ފިކްޝަން ފިލްމުގެ އެވޯޑު ވެސް ވަނީ ލިބިފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!