ރޯދަމަހު އެންމެ ޑީމާންޑު ބޮޑު އެއް ބާވަތް ކަމުގައިވާ މިރުހުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
އެހެން އަހަރުތަކުގައި މިރުހުގެ އަގު އިންތިހާއަށް އުފުލިގެންގޮސްފައިވާއިރު، މިއަހަރުވެސް ރަމަޟާން މަސް ފެށުނު އިރު މިރުހުގެ އަގު ހުރީ 100ގ 35 ރުފިޔާއަށެވެ.
އެހެންނަމަވެސް ހަފްތާއެއްހާ ދުވަސްތެރޭ މިރުހުގެ އަގު މިވަނީ 100ގ 15ރ އަށް ދަށްވެފައެވެ.
މި އަހަރުގެ ރަމަޟާން މަހަށް ކަނޑޫދޫއިންނާއި ލ.އަތޮޅުން ގިނަ އަދަދަކަށް މިރުސް މާލޭ ބާޒާރަށް ގެނެސްފައިވާކަމަށް ބާޒާރުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ. އަދި ރޯދަ މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މިރުހުގެ އަގު އުފުލިގެން ދާނެ ކަމަށް ނުބެލެވޭ ަކަމަށް ވިޔަފާރިވެރިން ބުނެއެވެ.

