ޚަބަރު
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުޤީގަށް މީހަކު ހޯދަނީ

އެންޓި-ސްކޭމް ސެންޓަރުން ކުރިއަށްގެންދާ ތަހުގީގަކަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

މި ތަހުޤީގު ކުރިއަށް ގެންދިއުމަށްޓަކައި ހޯދަމުންދަނީ ހދ. ކުޅުދުއްފުށީ ޗާނދަނީގޭ މުޙައްމަދު ފާރިޚެވެ.

ފުލުހުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މުޙައްމަދު ފާރިޚްގެ އެޑްރެސް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދު ނުކުރެވިގެން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ވަނީ އިޢުލާންކޮށްފައެވެ.

35 އަހަރުގެ މުޙައްމަދު ފާރިޚަށް ވަނީ 2025 މާރިޗް 25 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައެވެ. އޭނާ ހާޒިރުކުރެވެނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްޓަކައެވެ.

އެންޓި-ސްކޭމް ސެންޓަރުން ބަލަމުންދާ މި މައްސަލައިގެ އިތުރު ތަފްސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައިގައި އިތުރު ފަރާތްތަކެއް ހޯދަމުންދޭތޯވެސް އަދި ސާފެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!