ތިނަދޫ ސިޓީގައި ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ކުރެވޭ އެކި މަސައްކަތްތައް ފާހަގަކުރެވޭ މިންވަރަކަށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޓީސީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން،
- ކެމިކަލް އަދި ލޮނު ރައްކާކުރާ ފެސިލިޓީގެ މަސައްކަތުގެ 52 އިންސައްތަ – ނިމިފައި; މި ވަގުތު ކުރިއަށް ދަނީ އެ ތަނުގެ ކޮންކްރީޓް، މެސަނަރީ އަދި ޕްލާސްޓަރިންގގެ މަސައްކަތް .
- އިދާރީ އިމާރާތުގެ މަސައްކަތުގެ 48 އިންސައްތަ – ނިމިފައި
- ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ މަސައްކަތުގެ 25 އިންސައްތަ ނިމިފައި
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހުއެވެ. ކުރިން ހުއްޓިފައި އޮތް މި މަޝްރޫޢުގެ މަސައްކަތް އަލުން ފެށުމަށް މިހާރުގެ ސަރުކާރުން ވަނީ އިސްކަމެއް ދީފައެވެ.
މި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ނިމުމުން، އެ ސަރަހައްދުގެ މަސްވެރިންނަށް މަސް ގިނަ ދުވަހަށް ރައްކާކޮށް ބެހެއްޓުމުގެ ފުރުސަތު ލިބި، އަގު ހެޔޮކޮށް މަސް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

