ފެންޑާ
ކުރިޔޭ އީދެ ކުޅިވަރެ ހަނދާނެ ކޮށްދެންނަން ތެނަދޫ ފަންނާނުންނެ އެކެ ލަވާކުން

(ނޯޓް: މި ލިޔުން ލިޔެފައި ވަނީ ގދ ތިނަދޫ ބަހުރުވައިންނެވެ.)

ކުރިޔޭ ޒަމާނުގައި ދެ ޢީދެ ފާހަގަ ކެރަންނަން ކުޅިވަރެ ކޮއްޅީ ލިކާ ދައްކަންނަން ތެނަދޫ ސިޓިޔޭ ހިގުވަނެ 3 ސްޓޫޑިޔޯކެ ގުޅީގެން މި ކުދެ ޢީދަން ނެއްރީ ލަވެޔާއްކޫ ވަރަން ތަފާތެ، ބުރަ މަސައްކަތެ ފެނީގެން ގެޔެ އަދި ވަރަން ގިނަ ބައިކެންނަގެ ތަރުޙީބެ ލެބުނެ ލަވައިކެ.

ޗައްޕަލާ، ބުންނަރު، ފޮޓޯ މޯލްޑިވްސް އަދި ސްޓޫުޑިއޯ 33 އެކޭގެން މީގެ 2 ދޮހާކުރިޔެން ސޯޝަލް މީޑިއާ މެދުވެރިކޮޓެ ނެއްރީ ‘ކުރިޔޭ އީދެ ކުޅިވަރެ ހަނދާނެ ކޮށްދެންނަން… ‘ ލަވާގެ ބޭނުމައްކޫ

ކުރިޔޭ އީދެ ކުޅިވަރެ ހަނދާނެ ކޮށްދިނުމާއި ފަހުގެ ޖީލެ ތަކަން އެ ކުޅިވަރެތަކެ ކޮއްޅީ ލިކާ ކުރެގޮތަކަން ދައްކުވައި ދިނުމުގެ އިތިއްރަން އީދުގެ ހަދިޔައިކެ ގޮތަން ތެނަދޫ ސްޓޫޑިއޯ ތަކުން ނެއްރީ ލަވައިކެ.

ރަޓުގެ ގިނަ އަދަދެއްގެ މުވައްސަސާ ތަކެ އެއްބާރުލުމާއި އެކު ވުޖޫދަން ނެއްރީ ލަވައިގައި އެ މުވައްސަސާ ތަކުގެ މުވައްޒަފުންނަގެ ތެރޭން ކެމެރާ ކުރިމަންތޭ ހުނަރެ ދެއްކެއްނެއި ފަންނާނުންނެ ބޭނުން ކޮޓެފައި ވެނެކަން ފާހަގަވެއި.

ލަވައިގެ މަސައްކަތްތަކުގެ ތެރެއިން

⁠ބައިވެރިވީ މުވައްސަސާ ތަކާއި އެހެން ބައިވެރީންނެ:

  • ޑރ އަބްދުއްސަމަދު މެމޯރިއަލަ ހޮސްޕިޓަލް
  • އެވިޑް ކޮލެޖް -ތެނަދޫ
  • އަބޫބަކުރު ސްކޫލް
  • ތިނަދޫ ސްކޫލް
  • ތިނަދޫ ޑަބްލިއުޑީސީ
  • ތިނަދޫ ސިޓީ ކައުންސިލް
  • އެމްއެންޔޫ ތިނަދޫ ކެމްޕަސް
  • ރަށްފުށު ބޮޑުބެރު ގުރޫޕް

މީގެ އިތިއްރަން ތެނަދޫގެ މިއުޒިކް އަދި ބޮޑުބެރު ކުރިޔޭގެ ފަންނާނުން ( މަތީން، ލިހާޒް، ޝާމިން، އަހުތަރު ، ޗިކު )

ލަވައިގެ މަސައްކަތްތަކުގެ ތެރެއިން

ޗައްޕަލާ، ބުންނަރު، ފޮޓޯ މޯލްޑިވްސް ، ސްޓޫުޑިއޯ 33 މި 4 ސްޓޫޑިއޯގެ ކޮލޮބްރޭޝަނެކެ މީގެ ކުރިޔެން ވެންނު ނެރެފައި .
ތެނަދޫ ވަރަން ގިނަ ފަންނާނުންނެ ބައިވެރިވީ “މިރަޓާ ލެބީއްކުން ވަރިހަމައި ” އަން ވެންނު ވަރަން ބޮޑެ ތަރުހީބެކެ ލެބީގޮހޯ.

މިކަލެ ނެއްރީ ލަވަ:

  • ޅެމާ: އަބްދުﷲ އަފީފް
  • ނަމާ: ކުރިޔޭ ދެ ޢީދުގެ ހަދާނެ
  • ލަވެޔާކޫ: މުހައްމަދު ޒަލީފް އަބުދުﷲ، ރަފާ ކާމިލް
  • ރާގާއި މިއުޒިކް: އަބްދުލް ބާތިން މުހައްމަދު
  • ބޮޑުބެރު : މުހައްމަދު އަބްދުﷲ
  • ކޯރަސް: ނައުފަލް، މާޖިދު، ޒިލާލް، ބާތިން
  • ވީޑިއޯގްރަފީ: ފޮޓޯ މޯލްޑިވްސް
  • ވީޑިއޯ ޕްރޮޑަކްޝަން: ޗައްޕަލާ ސްޓޫޑިއޯ ، ސްޓޫޑިއޯ 33

ބުންނަރު ސްޓޫޑިއޯ ގެ އެފްބީ ޕޭޖްގައި މިކަލެ ހަދިޔާ އޮން އެއަރ ކޮޅެވޭލޭ ހިއްސާ ކޮޓެފައިވެނެ ޕޯސްޓުގެ ދިވެހި ތަރުޖަމާ މި ލިޔުމުގައި ހިމަނައި ލަންނަން ގަސްތު ތިކެރަން.

ލަވައިގެ މަސައްކަތްތަކުގެ ތެރެއިން

“އީދަކީ އެއްބައިވަންތަކަމުގެ ވަގުތެއް- އާއިލާތަކާއި މުޅި މުޖުތަމައުތައް އެއްތަނަކަށް އެއްވެ އުފާފާޅުކޮށް، ހަނދާންތައް އުފައްދާ ވަގުތެކެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިގައި އީދު ފާހަގަކުރުމުގެ އަމިއްލަ ޚާއްޞަ ގޮތެއް އޮތްއިރު، އެ ސަގާފަތްތައް ވަގުތާއެކު މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. ނަމަވެސް މާޒީގެ ބޮޑު އުފާފާޅުކުރުމާ ބެހޭ ގޮތުން ކާފައާއި މާމަގެ ފަރާތުން މިހާރުވެސް އަޑުއިވެއެވެ. މި މަސައްކަތަކީ އެ ހަނދާންތައް އަލުން އާލާކޮށް، ދުވަސްވީ ޖީލަށް އެއް ޒަމާނެއްގައި އީދު ފާހަގަކުރި ގޮތް ހަނދާންކޮށްދިނުމަށް އަޅުގަނޑުމެން ޢީދަށް ޚާއްސަ ކޮށް ޗައްޕަލާ، ބުންނަރު، ފޮޓޯ މޯލްޑިވްސް އަދި ސްޓޫޑިއޯ 33 އިސް ނަގައިގެން ކުރި މަސައްކަތެކެވެ.

މި ހަތަރު ސްޓޫޑިއޯއެއް ގުޅިގެން ސަގާފަތްތަކުގެ ކުޑަ މަސައްކަތެއް މީގެ ކުރިން ގެނެސްދީފައިވެ އެވެ. އަހަރަކަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވަނީ، ހަމައެކަނި ލަވައެއް ނެރުމަށް ނޫނެވެ. އެކަމުގެ ހަގީޤީ ހަނދާން އާވާ އެއްޗެއް އުފެއްދުމަށެވެ. މާޒީގައި ކުޅުނު އީދުގެ ހަގީގީ ރޫހަށް ޝުކުރު އަދާކުރުމަށެވެ.

ލަވައިގެ މަސައްކަތްތަކުގެ ތެރެއިން

މި ލަވައިގެ ލިރިކްސް އަށްޓަކައި އަބްދުالله އަފީފް (އަފީއްބެ) އާއި މި އުފާފާޅުކުރުންތައް ސައްހަ ގޮތުގައި ދައްކުވައިދިނުމުގައި މަގުދައްކައިދިން މުހައްމަދު އަޖީބު (އަޖީބެ) އަށް އަޅުގަނޑުމެން ހިތުގެ އަޑިން ޝުކުރު އަދާކުރަމެވެ. ތިނަދޫ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ ކޮމިޓީ – ގދ.ތިނަދޫ، ޑރ. އަބްދުއްސަމަދު މެމޯރިއަލް އިތުރުން އަޅުގަނޑުމެންނަށް ކޮންމެ ފަރުދެއްގެ ނަން ނުކިޔޭނެ ކަމުގައި ވިޔަސް، މި މަސައްކަތް ހަގީގަތަކަށް ހެދުމަށް ޙިއްޞާ ކުރި އެންމެންގެ އަގުވަޒަން ކުރަމެވެ.

އެހެންކަމުން އިށީނދެ ލަވައިން އުފާކޮށް، އީދު ފާހަގަކުރުންތައް ހަނދާން ނައްތާނުލެވޭ ދުވަސްވަރަކަށް ދަތުރެއް ކޮށްލަމާ ހިނގާށެވެ.”

 ކުރިޔޭ ދެ ޢީދުގެ ހަނދާނެ، ލަވައިގެ ވީޑިއޯ 

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!