ޚަބަރު
ބާޒާރުގައި މިރުސް ވަރަށް ތިޔާގި!

ބާޒާރުގައި މިރުސް ތިޔާގިވެ، މިރުހުގެ އަގު ބޮޑުތަނުން ދަށްވެއްޖެއެވެ.

ކޮންމެ ރަމަޟާން މަހެއްގައިވެސް އަގު އުފުލޭ އެއް ބާވަތްކަމުގައިވާ މިރުހުގެ އަގު އެހެން އަހަރުއަހަރާއި ހިލާފަށް މިއަހަރުގެ ރަމަޟާން މަހު ދިޔައީ ދަށަށެވެ.

އެގޮތުން، މިއަހަރުގެ ރަމަޟާން މަސް ފެށުނު އިރު މިރުހުގެ އަގު ހުރީ 100ގ މިރުސް 35 ރުފިޔާއަށެވެ. ހަމައެއާއެކު، ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މިރުހުގެ އަގު ވަނީ 100ގ މިރުސް 15 ރުފިޔާއަށްވެސް ދަށްވެފައެވެ. މިއާއެކު، މިރުހުގެ އަގު މިހާރު މިވަނީ 100ގ މިރުސް 5 ރުފިޔާއާއި 10 ރުފިޔާއާއި ދެމެދުގެ އަގަކަށް ދަށްވެފައެވެ.

ރަމަޟާން މަހަށް ކަނޑޫދޫއިންނާއި ލ.އަތޮޅުން ގިނަ އަދަދަކަށް މިރުސް މާލޭ ބާޒާރަށް ގެނެސްފައިވާއިރު، 6 ރޯދަ ނިމެންދެންވެސް މިރުހުގެ އަގު ދަށްވާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ބާޒާރުގައި ފަތުގެ ބާވަތްތަކުގެ އަގުވެސް ވަނީ ދަށްވެފައެެވެ. 4 ފަތުގެ ކޮޕީ ފަތް ބޮނޑިއެއް 10 ރުފިޔާއަށް ލިބެހުރި އިރު، ލެޓިއުސް ކިލޯއެއް ލިބެން ހުރީ 120 ރުފިޔާއަށެވެ.

މިއަހަރުގެ ރަމަޟާން މަހު ކާބޯތަކެތީގެ އަގު މަތިވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!