އިސްލާމީ މަރުކަޒުގެ އިމާމުން ނަމާދުކުރުމުގެ ކުރިން މަޑުކުރައްވާ ވެއިޓިންގ ރޫމް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުން، މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްފަހު، މަޢުލޫމާތު ސާފުކޮށް މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި މަޝްރޫޢުއާ ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 2025 އެޕްރީލް 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އިސްލާމީ މަރުކަޒުގައެވެ. އަދި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 އެޕްރީލް 12 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން އިޢުލާނުގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.
މިނިސްޓްރީން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް 2025 އެޕްރީލް 14 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އީމެއިލް އަށް. އީމެއިލް ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން 3020252 އަދި 3020261 ނަންބަރު ފޯނާ ގުޅައިގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.