ޚަބަރު
ފެން ހިދުމަށާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތަށް އެމްއެންޑީއެފްއިން މާލޭގެ މަގުތަކަށް ނުކުމެއްޖެ!

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަގުތަކަށް ނުކުމެއްޖެއެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ވަނީ ފެންބޮޑުވުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާން ފަށާފައެވެ.

މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ދެމިއޮތީ މިއަދު މެންދުރު 10:45 އިން ހަވީރު 14:00 އަށެވެ.

“މި ދުވަސްވަރު ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ،” މެޓްއިން ނެރުނު ސަމާލުގައި ބަޔާންކޮށްފައިވެއެވެ.

މެޓްއިން މީގެ ކުރިން ވަނީ މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި މިއަދުން ފެށިގެން މިހާރަށްވުރެ ވައި އަދި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް، އާންމު ރައްޔިތުންނަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!