ޚަބަރު
ބަނދަރު ތަރައްޤީކޮށް ނިމުމުން، ފިޔޯރީ ރައްޔިތުން އުފުލަމުންދާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ: ވަޒީރު މުއްޠޮލިބް

ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމުން، އެރަށުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން އުފުލަމުންދިޔަ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

2009 ވަނަ އަހަރު ތަރައްޤީކުރެވުނު ފިޔޯރީ ބަނދަރުގެ ސަބަބުން ލަފާފުރުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާތީ، އަލުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިން ޕްލޭންކޮށްފައި އޮތްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔަނަމަ ބަނދަރުގެ މައްސަލައަށް ހައްލެއް ނާންނާނެކަމަށެވެ.

“ކުރިން އޮތްގޮތަށް ބަނދަރުގެ ދެފަރާތަށް ދިގުކުރާނަމަ ބޭރުތޮއްޓެއް ޖެހުމަކީ ފަހުންވެސް ކުރެވޭނެކަމެއް ނޫން. އެހެންކަމުން ހުރިހާ ފަރާތަކާ މަޝްވަރާކޮށް އަޅުގަނޑުމެން ނިންމީ، ރަށުގެ އެތެރެއަށް ކޮންމެވެސް ވަރަކަށް ބަނދަރު ޖެއްސުމަށްފަހު ތަރައްޤީކުރުމަށް،” ވަޒީރު ވިދާޅުވިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް

38 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫޢު ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެފައިވަނީ، މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެކަމަށެވެ. އަދި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، އައު ބަނދަރު ފުންކުރުމާއި، ރިވެޓްމަންޓް ޖެހުމާއި، އެއްގަމު ތޮށި ޖެހުމާއި، ބަނދަރުގެ ނެރު ބައްތިއާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!