ޚަބަރު
ޒަޚަމްވި ދަރިވަރުގެ ހާލު ސަރުކާރުން ދަނީ ވަރަށް ކައިރިން ބަލަމުން: ވަޒީރު ޑރ ޚަލީލު

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުންދިއުމުގެ ތެރޭ މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވި ދަރިވަރު، ޢަބުދުލް މާނިޢުގެ ޙާލަތު ގާތުން ބަލަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން، ޚާރިޖީ ވަޒީރު މިއަދު ވަނީ މާނިޢުގެ ބައްޕަ އާމިރު އާ ފޯނުން ގުޅުއްވައި، ދަރިވަރުގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން މާނިޢުގެ މަންމައާއި ބޭބެ މިހާރު ވަނީ ފިލިޕީންސް އަށް ވަޑައިގެންފައެވެ. އަދި “މާތްﷲގެ ވާގިފުޅާއެކު ދަރިފުޅު ރަނގަޅުވަމުން އަންނަ” ކަމަށް މާނިޢުގެ ބައްޕަ ވިދާޅުވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ވަނީ ގުޅުއްވައި ދަރިވަރުގެ ޙާލު އޮޅުންފިލުއްވާފައެވެ. އަދި ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ މާނިޢުގެ ބައްޕަ އުފާކުރައްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ފިލިޕީންސްގައި ތިބި ކިޔަވާ އެހެން ދިވެހި ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޙާދިސާ ހިނގި ގޮތް: މާނިޢު ޒަޚަމްވީ ސެސްނާ-125 މަރުކާގެ މަތިންދާބޯޓުގެ އިންޖީނު ނިވާނުލައި ބޯޓުން ފޭބި ވަގުތުއެވެ. ބޯޓުން ކުއްލި ގޮތަކަށް ފޭބަން ޖެހުނީ ވަރަށް ބޮޑަށް ބޯއަނބުރަން ފެށުމުންނެވެ. މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ބައެއް ސަރޖަރީތައް ވަނީ ހަދާފައެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްގޮތަށް، ޙާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ޙާލު ވަރަށް ކައިރިން ބަލަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!