ޚަބަރު
ނެހާ ޝަރުމާ; ރާއްޖޭގެ މޫދާއި ގޮނޑުދޮށުގެ ހިތްގައިމުކަމުގައި، ތަސްވީރުތަކަށް ސަމާލުކަމާއި ތައުރީފު އޮހެނީ!

ބޮލީވުޑްގެ ތުމްބިން 1 ގެ ކާމިޔާބީއާއެކު ނެރުނު ތުމްބިން 2 މާބޮޑު ހިޓަކަށް ނުވިޔަސް ފިލްމުގެ ނަމާއި އޭގެ ލަވަތަކާއެކު ހިތްތަކުން ޖާގަ އަތުލި ނެހާ ޝަރުމާ ދިވެހިރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ޝާއިޢުކޮށް، އޭނާގެ ފޮލޯވަރުންގެ ސަމާލުކަން ހޯދައިފިއެވެ.

އެންމެ ފަހުން ޝާއިޢުކޮށްފައިވާ ފޮޓޯތަކުގައި ނެހާ ފެންނަން ހުރީ ލުނބޯފެހި ކުލައިގެ ޝިއަރ ކޯ-އޯޑް ސެޓެއް ގައެވެ. ރާއްޖޭގެ ފެހިކަމާއި ނޫއުނޑާއި ކަނޑާއި ގުޅޭ ކުލަތަކުގެ ހެދުންތަކުގައި ނެހާ ވަނީ ރުއްގަނޑުތަކާއި ނޫކުލައިގެ ކަނޑާއެކު ގުދުރަތީ މަންޒަރުތަކުގެ ތެރޭގައި ފޮޓޯތައް ނަގާފައެވެ.

ނެހާ ރާއްޖޭގެ ރިސޯޓެއްގައި

މީގެ ކުރިން ޝާއިޢުކޮށްފައިވާ ފޮޓޯތަކުގައި ހުދާއި ނުލުން ޒީނަތްތެރިވެގެން ޕޫލް މަތީގައި އަޅާފައިވާ ހެމެކްގައި އޮވެގެން ނަގާފައިވާ ފޮޓޯތަކުންވެސް ނެހާ ވަނީ އޭނާގެ ފޮލޯވަރުންގެ ތަޢުރީފު ހޯދާފައެވެ.

ނެހާ ޝަރުމާއަކީ “ކްރޫކް”، “ކިޔާ ސުޕަރ ކޫލް ހައިން ހަމް” އަދި “ތުމް ބިން 2” ފަދަ ފިލްމުތަކުން ފެނިފައިވާ ތަރިއެކެވެ. މޮޑެލިންގ ދާއިރާއިން ފަށައިގެން ބޮލީވުޑަށް ނުކުތް ނެހާ ވަނީ އޭނާގެފިލްމުތަކަށްވުރެ ބޮޑަށް ފެޝަނުން ގިނަ ބައެއްގެ ތަޢުރީފު ހޯދާފައެވެ.

ރާއްޖޭގެ އިރުވައި ގޮނޑުދޮށްތަކާއި މޫދުގެ މަންޒަރުތަކުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއެކު ނެހާ ވަނީ “އަންޑަރ ދަ ސަން… ހެވް އަ ބްލިސްފުލް ސަންޑޭ!” މިފަދައިން ލިޔެފައެވެ.

ނެހާ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ބެގލިއަނި ހޮޓެލްސް ރިސޯޓް ގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!