ޚަބަރު
5 ޓީމާއެކު އެފްއޭއެމްއިން ބާއްވާ ފުޓުބޯޅަ މުބާރާތް މި މަހުގެ 30 ގައި ފަށާނެ

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ގިނަ ދުވަސްތަކެއް ވަމުންދާތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތް، 5 ކުލަބަކާއެކު މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުޙައްމަދު ޝުޖާއު ވިދާޅުވެފައިވާ ގޮތުގައި މިހާރު ކުރިއަށް ދަނީ މުބާރާތުގެ ޝެޑިއުލް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށާއި، މުބާރާތުގައި ބައިވެރިވާ ޓީމުތައް އާދިއްތަ ދުވަހު ފައިނަލް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، މުބާރާތުގައި ބައިވެރިވާ 5 ޓީމަކީ:

  •  މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް
  • އޮޑި ސްޕޯޓްސް ކުލަބް
  • ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް
  • މަހިބަދޫ ސްޕޯޓްސް ކުލަބް
  • ޓީސީ ސްޕޯޓްސް ކުލަބް

މި މުބާރާތް ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން ދާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މި މަހުގެ 10 ވަނަ ދުވަހު ގައި ފަށާގޮތަށް ކުރިން ހަމަޖައްސައި، އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ކުލަބުތަކުން މާލީ މައްސަލަތައް ހައްލުކުރުމަށް އެހީވުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކުލަބުތަކަށް 9 މިލިއަން ރުފިޔާވެސް ދީފައެވެ. އެހެން ނަމަވެސް، ހުރިހާ ތައްޔާރީތަކެއް ވެ ނިމުނު ފަހުން، ސީޒަން ފެށުން ހުއްޓުވީ އޭއެފްސީގެ ގަވަރނަންސް މެނޭޖަރު އަޙްމަދު ހައްރާޒެވެ.

އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރގައެވެ. ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!