ޚަބަރު
ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގެ އުޞޫލަށް މުހިންމު ބަދަލެއް!

“ހިޔާވެހި ފައިނޭންސް ސްކީމް”އަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީ ކަމަށާއި. އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ހަމައެއާއެކު، އިވެލުއޭޝަންގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވޭނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

“ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް މި ސްކީމަށް ފޯމް ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ހިޔާވެހި ރަށްވެހި ވަސީލަތަށް އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހުނު ނަމަވެސް ޝަރީޢާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށްޓަކައި “ނޮމިނަލް ކޮންޓްރިބިއުޝަން” އެއް ދައްކަން ޖެހޭނެއެވެ.

މާލެ އަށް 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، މި ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ފަރާތްތަކަށް، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލޯނަށް އިތުރުކުރުމުގެ ފުރުސަތުވެސް ލިބެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!