ޚަބަރު
ބައިނަލްއަގްވާމީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް: މިނިސްޓަރ ރާފިޢު

ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި ވަޒީރު ވަނީ ސަރުކާރުން ތައްޔާރުކުރަމުން އަންނަ ކުޅިވަރުގެ ދިގުރާސްތާ ޕްލޭން އާއި މި ޕްލޭންގައި ހިމެނިފައިވާ މުހިންމު ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ދިވެހިރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. މިގޮތުން ސާފް ގޭމްސް، އޭޝިއަން ގޭމްސް ނުވަތަ ކޮމަންވެލްތު ގޭމްސްއެއް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުސަރުކާރުން މިވަގުތު ކުރައްވަމުން އަންނަ މަސައްކަތަކީ މި ގޭމްސް ބޭއްވުމަށް ބޭނުންވާ ފަސީލަތްތައް ޤާއިމްކުރުން ކަމަށެވެ. މި ގޮތުން ގޭމްސްގެ އެކި ކުޅިވަރުތައް ކުޅޭނެ ޒަމާނީ ތަންތަން ގާއިމްކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ.

މި ގޭމްސްތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި އެތުލީޓުންނަށް ކަަމަށާއި، ބައިނަލްއަޤްވާމީ ގޭމްސްގެ މެޑަލްއަކާ ހަމައަށް ދިޔުމަކީވެސް ސަރުކާރުން އިސްނަގައިގެން ތައްޔާރުކުރައްވަމުން އަންނަ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަމެއްކަމަށާއި، މިކަން ކާމިޔާބުކުރުމަށް ރާއްޖޭގައި ބާއްވާ އެކި އެކި މުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް އެކަށީގެންވާ ތަމްރީން ދިނުމާއި، ރަނގަޅު ފެންވަރުގެ ކޯޗުން ދިވެހިރާއްޖެ ގެނެސް އެ ކުޅުންތެރިން ތަމްރީންކުރުމާއި, ކޯޗުން ތަމްރީންކުރުމަކީވެސް މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް ނުވަތަ އޮލިމްޕިކް ގޭމްސްގެ ޕޯޑިއަމް ފިނިޝްއާ ހިސާބަށް ދިޔުމަކީ ހާސިލްކުރެވޭނެ ވަރުގެ ކާމިޔާބީއެއްކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!