މަލޯކާ ބަލިކޮށް، ސްޕެނިޝް ލަލީގާގައި ބާސެލޯނާ އިން ތާވަލްގެ އެއްވަނައިގައި 7 ޕޮއިންޓުގެ ފަރަގެއް ގާއިމްކޮށް، ކުރިއަރައިފިއެވެ.
1-0 ގެ ނަތީޖާއަކުން ބާސެލޯނާއިން މަލޯކާ ބަލި ކުރި އިރު، މި މެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށްވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.
ނަމަވެސް ދެވަނަ ހާފު ފެށިގެން 43 ސިކުންތު ތެރޭގައި އެރިކް ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއް ބޭނުން ހިފާ، ޑެނީ އޮލްމޯ ޖެހި ލަނޑާއެކު ބާސެލޯނާއިން މެޗުގެ ލީޑު ނެގިއެވެ.
ބާސެލޯނާއިން މި މެޗުގައި ޖުމްލަ 40 ހަމަލާ ފޮނުވާލިއިރު، މަލޯކާއަށް ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މި މޮޅާއެކު އެއްވަނައިގައި އޮތް ބާސެލޯނާ އިން ވަނީ ރިއަލް މެޑްރިޑްއަށްވުރެ ހަތް ޕޮއިންޓްގެ ލީޑެއް ނަގައި ނަގާފައެވެ. މެޗުން ބަލިވި މަލޯކާ އޮތީ 44 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.

