ޚަބަރު
އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމުން ފަތުރުވެރިކަމަށް ގެއްލުމެއް ނެތް: ވަޒީރު ތޯރިގް

ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން، ފަތުރުވެރިކަމަށް ލިބޭނެ ގެއްލުމެއް ނެތް ކަމަަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެން ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ އޭޕްރިލް 15 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ތޯރިގް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އިސްރާއީލުގެ ފަތުރުވެރިއަކު އުޅޭހެން ހީނުވާ ކަމަށާއި، ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދުތައް ދަށްވޭތޯ ބެލުމަށް މޮނީޓަރ ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑިމްޕޮމެޓިކް މިޝަންތަކަށް މި ފިޔަަވަޅު އެޅި ސަބަބު އަންގަމުންދާ ކަަމަށެވެ.

މިސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުވެސް ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރައްވާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އިޒްރޭލުން ނަސްލެއް ނައްތާލުމުގެ ނިޔަތުގައި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މިހާތަނަށް 50,000 އަށްވުރެ ގިނަ މައުސޫމު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!