ޚަބަރު
ކެމެރާ ހަލާކުވެފައިވާތީ ވަޒީރު އަމީންގެ ގޭގެ ސީސީޓީވީ ވީޑިއޯ ފުޓޭޖް ނުލިބުނު

ޔުމްނު ރަޝީދުގެ މަރުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަޙުޤީޤުގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފުޓޭޖް ހުރީ ހަލާކުވެފައި ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި، އެ ގޭގެ ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުރި ކަމަށް ގޭގެ ވެރިފަރާތުން މަޢުލޫމާތު ދީފައިވާ ކަމަށާއި، މިކަން ޔަގީންކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށްފަހު، ފުޓޭޖް ނެތްކަން ފުލުހުން ވަނީ ކަށަވަރުކޮށްފައެވެ.

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދުގެ އިތުރުން ހަތް މީހަކު، 17 ވަނަ ދުވަހުގެރޭ އެކީގައި ހަރަކާތްތެރިވެފައިވެއެވެ. އަދި ތުހުމަތުކުރެވޭ ގޮތުގައި، ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް “މަސްތު ޕާޓީ” އެއްގައި ބައިވެރިވިއެވެ.

ނަމަވެސް މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވާއިރު، މާލޭގައި ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މި މުޒާހަރާތަކުގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި، ދާޚިލީ ވަޒީރު އަލީ އިހްސާންގެ އިތުރުން ވަޒީރު އަމީންގެ އިސްތިއުފާއަށް ޒުވާނުން ގޮވާލަމުން ދާއިރު، ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހާމަކުރާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!