ޚަބަރު
ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްޠަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ ‏ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ތިން ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭ ކަމަށާއި އެކަމަކީ ވަގުތު ނަގާ ކަމެއް ކަމަށެވެ. އެހެން ކަމުން އެ ޕްރޮގްރާމަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހިޔާވހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ޢާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއި ދިނުމަށް ސަރުކާރުން ކުރީން ވެސް ނިންމި އެވެ. އެގޮތުން ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ.

“ހިޔާވެހި ފައިނޭންސިން” ސްކީމް ތައާރަފު ކުރީ ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަ ކޮށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އެ ސްކީމް ފައްޓަވައި ދެއްވާފަ އެވެ. މުޅި ރާއްޖެއަށް ހުޅުވާލި މި ސްކީމަށް އެދި ހުށަހެޅުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި 3 ކެޓަގަރީއަކުން ވަނީ ފައިނޭންސް ދޫކުރުމަށް ނިންމާފަ އެވެ.

މި ސްކީމު ކުރިއަށް ގެންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތަ އެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!