ޔޫއެފާ ކޮންފަރެންސް ލީގުގައި ރޭ ސްވިޑަންގެ ޖިއޯގާޑަން އާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު ފަރަގު ބޮޑު ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގައެއް ތަނަވަސްކުރުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ރަށުން ބޭރުގައި ޗެލްސީ ކުޅުނު މި މެޗު ޗެލްސީ އިން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 12 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން ޖޭޑަން ސަންޗޯ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ނޮނީ މަޑުއޭކޭ ވަނީ އިތުރު ލަނޑެއް ޖަހާ 2-0 ގެ ނަތީޖާއަކުން މެޗުގެ ފުރަތަމަ ހާފް ނިންމާލާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ކޯލް ޕާމާ ދިން ބޯޅައަކުން ނިކޮލަސް ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ހަމަައެއާއެކު، މެޗުގެ 65 ވަނަ މިނިޓުގައި ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހާ، 4 ލަނޑުގެ ކުރިއެރުމަކާއިއެކު ކޮންފަރެންސް ލީގުގެ ފައިނަލުގެ ފުރުސަތު އެ ޓީމަށް ބޮޑުކޮށްދީފަ އެވެ.
މި މެޗުގައި ޖިއޯގާޑަން އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 68 ވަނަ މިނިޓުގައި އަލެމަޔޭހޯ އެވެ.

