ޚަބަރު
އެއް އަހަރެއް ތެރޭގައި އެންމެ ގިނަ މިސްކިތްއެޅޭ އަހަރަކަށް މި އަހަރުވާނެ: ރައީސް

އެއް އަހަރެއް ތެރޭގައި އެންމެ ގިނަ މިސްކިތްއެޅޭ އަހަރަކަށް މި 2025 ވަނަ އަހަރުވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިވަގުތު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އިސްކަމެއްދޭ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލާ އެއްކަމަކީ ވަގުފް އިންވެސްޓްމެން ކަމަށެވެ. އެއީ ދުރުރާސްތާއާއި އަދި މެދުރާސްތާއަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ހާއްސަ މައިގަނޑު 3 މަޝްރޫއެއް ރައީސް ފާހަގަކޮށްލެއްވިއެވެ. އެއީ

  1. ހުޅުމާލެ ފޭސް 1 – ދާރުލްސަލާމް އިސްލާމިކް ކޮމްޕްލެކްސް
  2. މާލެ – ދާރުލްއަރުޤަމް
  3. ރަސްފަންނު ކައިރިން ދިހަހާސް އަކަފޫޓު – ކީރިތި ޤުރުއާނާބެލޭ ޚާއްސަ ވަޤްފް އިމާރާތެއް

ރައީސް ވިދާޅުވީ މިސްކިތް އެޅުމުގައި ރާއްޖޭގެ ކަންކޮޅުތަކުން މިހާރު 21 މަޝްރޫގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި މިހާރުވަނީ 17 މަޝްރޫއެއްގައި ސޮއިކޮށްފަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫތަކެއް ނިމިގެންދާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!