ޚަބަރު
ގައުމީ ބީޗް ހޭންޑްބޯޅަ ޓީމް އޮމާންއަށް

10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޤައުމީ ޓީމު މިއަދު އޮމާން އަށް ފުރައިފިއެވެ.

މިއީ ބީޗް ހޭންޑްބޯލް އޭޝިއަން ކަޕްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޕާކިސްތާނުގެ ތަޖުރިބާކާރު ކޯޗު އާސިމް ރާޝިދުގެ އިރުޝާދުގެ ދަށުން 8 މަސްދުވަސް ވަންދެން ފަރިތަކުރުމަށްފަހު ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމުން ވަނީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.

ކުޅުދުއްފުށީގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާއިރު، މި ޓީމުގެ ގިނަ ކުޅުންތެރިންނަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.

ރޭ ޓީމުގެ ޖޯޒީ ހަވާލު ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާއިރު، މި ރަސްމިއްޔާތުގައި ޓީމަށް ޖޯޒީ ހަވާލުކޮށްދީފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

10 ވަނަ އޭޝިއަން ބީޗް ހޭންޑްބޯލް މުބާރާތް ކުރިއަށް ދާނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް، އޮމާންގައެެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!