ޚަބަރު
އިސްރަށްވެހިންނަށް މިންހެޔޮ ކެއުމުގެ އާދަތައް އާލާކުރަން އެހީވާނެ ޓީވީ ޕްރޮގްރާމެއް ފަށަނީ

އިސްރަށްވެހިން ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ސިއްހީ މައުލޫމާތާއި ކެއިން ބުއިމުގެ މިންގަނޑުތައް އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ބޭނުންވާ މައުލޫމާތު ހިމަނައިގެން ‘ހައްޓަށް’ ގެ ނަމުގައި ސިލްސިލާ ޓީވީ ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށް ފަހުމުނާމާއެއްގައި އިޖްތިމާޢީ އަދި ޢާއިލާ ތަރައްޤީއާ ބެހޭ ވުޒާރާ، ޔޫއެންއެފްޕީއޭ، ޕީއެސްއެމް އަދި އެސްޓީއޯ އިން ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން، ޔޫއެންއެފްޕީއޭގެ ފަރާތުން މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތްތައް ކިޔައިދީ، ރާއްޖެއިން ލިބެންހުންނަ ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހައިން ކާނާ ތައްޔާރުކުރާނެ ގޮތްތަކާއި، ކެއުމުގައި ހިމަނަންވީ ބާވަތްތަކާއި، ކެއުމުގެ އާދަތައް ބައްޓަންކުރަންވީ ގޮތާއި، ދެމެހެއްޓެނިވި ގޮތެއްގައި މި އާދަތައް އަށަގެންނެވުމަށް ކުރެވިދާނެ މުހިންމު ކަންކަމާ ގުޅޭ މަޢުލޫމާތު ހިމެނިގެންދާނެއެވެ.

ޕީއެސްއެމް މެދުވެރިކޮށް މި ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެނީ އެސްޓީއޯގެ ފަރާތުން ކަމަށް އިޖްތިމާޢީ އަދި ޢާއިލާ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ޔޫއެންއެފްޕީއޭއާ ގުޅިގެން ކުރިއަށް ގެންދެވުނު މިންހެޔޮ ކާނާއާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމުގައި އިސްރަށްވެހިންގެ ފަރާތުން ލިބުނު ފީޑްބެކަށް ބަލައި، މިފަދަ ޕްރޮގްރާމުތަކުގެ ބޭނުންތެރިކަމާއި، މީގެތެރެއިން ލިބޭ މަޢުލޫމާތުގެ އަލީގައި އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން އެ ފަރާތްތަކުން ފާހަގަކުރުން ކަމަށް އިޖްތިމާޢީ އަދި ޢާއިލާ ތަރައްޤީއާ ބެހޭ ވަޒީރު ޑރ އައިޝަތް ޝިހާމް ވިދާޅުވިއެވެ.

ހަމައެއާއެކު، މިފަދަ ޕްރޮގްރާމުތަކުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ކުދިކުދި ބަދަލުތަކާއެކު، މުޖުތަމަޢު ވެގެންދާނީ ބަލިތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ، ހަރަކާތްތެރި. އަދި އުފެއްދުންތެރި މުޖުތަމަޢަކަށް ކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!