ޚަބަރު
ޔަމަނުގެ މައި އެއާޕޯޓަށް އިޒްރޭލުން ބޮން އަޅަނީ

ޔަމަނުގެ މައި އެއާޕޯޓު ކަމަށްވާ ސަނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަނިޔާވެރި އިޒްރޭލުން ބޮމުގެ ހަމަލާތައް ދޭން ފަށައިފިއެވެ.

އިޒްރޭލުން ޔަމަނުގެ ވެރިރަށް ސަނާއަށް ބޮން އަޅަން ފަށައިފައިވާއިރު، މި ހަމަލާތައް އައިސްފައި ވަނީ ވަރަށް އަވަހަށް ސަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޮން އަޅާނެ ކަމަށް އިންޒާރު ދިންތާ މާ ގިނައިރުތަކެއް ނުވަނީސް ކަމަށް މީޑިއާ ރިޕޯޓްތައ ބުނެއެވެ.

އަންގާރަ ދުވަހުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މަދަނީ ތިން މަތިންދާބޯޓަކަށާއި ޑިޕާޗާސް ހޯލާއި ރަންވޭ އަދި އަސްކަރީ އެއާ ބޭސްއެއް ކަމަށް އެއާޕޯޓްތަކުގެ އެތައް މަސްދަރަކުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތުދީފައެވެ. ހޫތީން ވަނީ މި ހަމަލާތަކުގެ ރައްދު ދިނުމަށް ހުވާކޮށްފަ އެވެ.

މިހަމަލާ ދީފައިވަނީ އީރާނުގެ ތާއީދާއެކު ހޫތީން އިޒްރޭލުގެ މައި އެއާޕޯޓް ކައިރިއަށް މިސައިލް ހަމަލާއެއް ދިންތާ ދެ ދުވަސް ފަހުންނެވެ.

އިޒްރޭލުން ވަނީ ޔަމަނުގެ ހޫޘީންނާ ދެކޮޅަށް އެތައް ފަހަރެއްގެ މަތިން ހަމަލާ ދީފައެވެ. އޭގެ ތެރޭގައި ޖެނުއަރީ މަހު ޔަމަނުގެ އިންޖީނުގެއަކަށާއި ބަނދަރުތަކަށް އަމާޒުކޮށްގެން ހަމަލާދީފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުވެސް އިޒްރޭލުން ވަނީ ސަނާ އެއާޕޯޓަށް ހަމަލާދީފައިވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!