ޚަބަރު
މޯލްޑިވްސް 2.0؛ ތަންފީޒު ކުރާނީ ރައީސް ޗެއަރކުރައްވާ ހާއްސަ ކައުންސިލެއްގެ ބެއްލެވުމުގެ ދަށުން!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިފްތިތާޙްކޮށްފައިވާ “މޯލްޑިވްސް 2.0” ގައި ހިމެނޭ ކަންކަން ތަންފީޒު ކުރައްވާނީ ރައީސް ޗެއަރކުރައްވާ ޚާއްސަ ކައުންސިލެއްގެ ބެއްލެވުމުގެ ދަށުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވުނު “މޯލްޑިވްސް 2.0” ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ޑިޖިޓަލައިޒްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޗެއަރކުރައްވާ، މި ދާއިރާގެ މާހިރުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލުގެ ބެއްލެވުމުގެ ދަށުންނެވެ.

“މިއީ ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން މި ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ލަފަޔާއި މި ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް މާހިރުންގެ ޚިޔާލާ މަޝްވަރާއާއެކު އެކުލަވާލެވުނު މަޝްރޫޢެއް،” ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، “މޯލްޑިވްސް 2.0” އަކީ ހުރިހާ މުއައްސަސާއެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވެރިވާ ގޮތަށް ކުރިއަށް ގެންދެވޭ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ސިޔާސަތު އެކުލަވާލާއި ތަންފީޒުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއާއި އެންސީއައިޓީ އާއި ޓްރޭޑްނެޓުގެ އެންމެހާ ފަންނީ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ވެސް ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި، “މޯލްޑިވްސް 2.0” ގެ ދަށުން ރާއްޖެ “ޑިޖިޓަލީ ޓްރާންސްފޯމް”ވެގެންދާނެ ގޮތާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ރާއްޖޭގެ ޑިޖިޓަލް “ޓްރާންސްފޮމޭޝަން އެޖެންޑާ” ކަނޑައެޅިގެންދާނެއެވެ. ވަޒީރު އިހުސާން ވަނީ ސަމިޓް ކާމިޔާބުކަމާއެކު ނިމި، ރާއްޖެއަށް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރިއެރުން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!