
ދަންފަޅި : ގުޅުން ދާއިމަށް ދެމެހެއްޓޭނީ އިތުބާރާއި ގަދަރާއެކު، ކަންކަމުގައިި އެކަކު އަނެކަކަށް ދޫ ދީގެންނެވެ!
ރީތި ރޭގަނޑެކެވެ. ފިނި ހަނދުވަރުތެރޭގައި ތަރިތަކުގެ ބެބުޅުން ފަނޑުވެފައިވާ އުދަރެހުގެ ހިތްގައިމު ކަމަށް ބަލަން އިންއިރު ހިތަށް އެރިއެވެ. ގުދުރަތުގެ ރީތިކަމަކީވެސް ހާދަހާވާ އަޖައިބުކުރުވަނިިވި އަސަރުތަކަކާއި އިހުސާސްތަކެކެކެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ ބުނެދޭން ނޭނގޭ ނަލައަޑުގެ ތެރެއިން ފިނިވައިރޯޅިތަކާއެކު ޖެހިލާ ދެފަތްދެފަތެއްގެ…


















