ނިއުމާމިސް، ތައުލީމީދާއިރާއަށް އަލިގަދަދަންމަރެއް
އިލްމަކީ އަނެކާއަށް ފޯރުކޮށްދޭންޖެހޭ އަމާނާތެކެވެ. ތިމާއަށް އެނގިފައި ހުރި އެއްޗެއް ތިމާއަށް ވެވުނު މިންވަރަކަށް ވީހާވެސް ދުރުހިސާބަކަށްވެސް ފޯރުކޮށް ދިނުމަކީ ތިމާގެ މައްޗަށް ވާޖިބެކެވެ. ނިއުމާމިސް އަކީ އޭގެ ދެވަނައެއް ނެތް ފަދައަކުން އިލްމު ފެތުރުމުގައި ފޫހިކަމެއް ވަރުބަލިކަމެއްް ނެތި ރެއާ ދުވާލު މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.…


















