
ޚަބަރު
ބާޒާރުމަތީ މަގު ހެދުން؛ ދުވާރުގެ ބޮޑު ބައެއް ނިމިއްޖެ، އެމްޓީސީސީގެ އަމާޒަކީ ރޯދައިގެ ކުރިން ހުޅުވާލުން!
މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ދުވާރު ހެދުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ބާޒާރުމަތީ ސަރަޙައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށި މަސައްކަތެކެވެ.…




















