
ޚަބަރު
ފަންނީ ބޭފުޅުންގެ ލަފަޔާއެކުނޫނީ ކުންފުންޏަށް ބޭނުންވާ މުދަލެއް ގަނެފަ ނުވާނެ: ފެނަކަ
ކުންފުންޏަށް ބޭނުންވާ ސްޕެއާރ ހޯދުމުގެ މަސައްކަތް އޮތީ ކުންފުނީގެ ޕްރިކިއުމެންޓް ޕްލިސީގައިވާ ގޮތުގެ މަތީން ކަމަށާއި ފަންނީ ބޭފުޅުންގެ ލަފަޔާއެކުނޫނީ ކުންފުންޏަށް ބޭނުންވާ މުދަލެއް ގަނެފަ ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ. ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނިން މުދާ ގަންނަނީ ފަންނީ މުވައްޒަފުންނަށް…



















