
ޚަބަރު
ރައީސް އޮފީސް ކުރިމަތީގައި އޮންނަ އެއްގަމުތޮށި ދިފާއީ ވުޒާރާގެ ބޭނުމަށް ހާއްސަކޮށްފި
މާލޭގެ ބޮޑުތަކުރުފާނު މަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތިން އޮންނަ އެއްގަމު ތޮށިގަނޑަކީ ދިފާއީ ވުޒާރާގެ ބޭނުންތަކަށް ހާއްސަ ސަރަޙައްދެއްގެ ގޮތުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކަނޑައަޅައިފިއެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން އިން ފެށިގެން…






