
އިރާގުގައި ބޭއްވި ކައިވެނިހަފުލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ބަޔަކު މަރުވެއްޖެ
އިރާގުގެ އުތުރުގެ ނައިނީވާ ޕްރޮވިންސްގައި ބޭއްވުނު ވެޑިން ޕާޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 100އަށްވުރެ ގިނަ މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެެއްޖެއެވެ. އިރާގުގެ ސިވިލް ޑިފެންސް އިން ބުނީ ފުރަތަމަ ރިޕޯޓްތަކުން ބުނާ ގޮތުގައި ވެޑިން ޕާޓީގައި އަލިފާނުގެ ހާދިސާ ހިނގީ ޕާޓީގައި އުފާފާޅު ކުރުމުގެ ތެރޭގައި، އެރުވި ހަވާ އާއި…




















