
މަޢުލޫމާތު
ފަތިސްތަރި: ނިޔަރޮދި ނެއްޓުން، ދިލަހުރި ވޭނެއް އަޅާކަމެއް؛ ސަމާލުވެ ދެވިދާނެ ބައެއް ފަރުވާތައް!
ކޮންމެވެސް މީހަކު ސަމާސާ ރާގަކަށް ބުނެފައިވެއެވެ. "ނިޔަރޮދި ނެއްޓުމަކީ ކަނޑޫދޫމިރުހެއް ރޮލާ ހަފައިގެން ކެއުން ފަދަ ކަމެކެވެ." އަނެކަކު ބުންޏެވެ. "ހަމަތެދެކެވެ. ނިޔަރޮދި ނެއްޓުމަކީ ރޯ ފާރުގަނޑެއްގައި ލޮނުމިރުސް އަޅައި އެމައްޗަށް ހޫނު ލޮނު އެޅުން ކަހަލަ ކަމެކެވެ،" ނިޔަރޮދި ނެއްޓުމުގެ ވޭން ކުރު ގޮތަކަށް ބުނެދެން ހެއްޔެވެ. ދިލަނަގާ ތަނަކަށް…



















