
އެދޭނަމަ ލޯބިވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން
އަލްމަރުޙޫމު ނައިފަރު ދޮހޮއްކޮގެ ލަވައެއް އަޑުއަހާލާހިތުން ޔޫޓިޔުބުގައި ދޮހޮއްކޮބެ ޖަހާލުމުން އެންމެ ފުރަތަމަ އައި ލަވައަކީ “އެދޭނަމަ ލޯބިވާންވީވެސް ހިތަށް ކުޅަދާނަ މިންވަރަކުން، އަދާވަތްތެރިވިޔަސް ވާންވީ ހިތައް ކުޅަދާނަ މިންވަރަކުން" މި ލަވައެވެ. ލަވަ އަޑު އަހާލާފައި ދެތިން ފަހަރަށް އަނެއްކާވެސް އަޑު އަހާލީމެވެ. މާނަ ފުންކަމުންނެވެ.…



















