1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

އަމިއްލަޔަށް ގޭގައި އުފެއްދި ޑައިލިސިސް ސިސްޓަމެއްގެ އެހީގައި ދިރިއުޅޭތާ 13 އަހަރު

D3A05A08-A936-4C65-B0B2-AD7F10CAB1D0
ހުވަދޫ ނިއުސް ޓީމް
2,220ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހޫ ނަމަކަށް ކިޔާ ޗައިނާ މީހަކު އަމިއްލަޔަށް ގޭގައި ތައްޔާރުކޮށްފައިވާ ޑައިލިސިސް ސިސްޓަމެއްގެ އެހީގައި ދިރިއުޅޭތާ މިއަހަރަށް މިވަނީ 13 އަހަރު ވެފައެވެ.

ޗައިނާގެ އިރުމަތީ އާބާދުވެފައި ނުވާ ސަރަޙައްދަކަށް ނިސްބަތްވާ ހޫ ސޮންގްވެން، އަމިއްލަޔަށް ގޭގައި ތައްޔާރުކުރި ޑައިލިސިސް މެޝިނުގެ އެހީގައި ކޮންމެ ހަފްތާއަކު 3 ފަހަރު އަމިއްލަޔަށް ޑައިލިސިސް ހަދައެވެ.

ކިޑްނީގެ ބައްޔެއް ތަޙައްމަލުކުރަމުންދާ ހޫ މި ޑައިލިސިސް މެޝިން ތައްޔާރުކޮށްފައިވަނީ، ބައެއް މެޑިކަލް ސާމާނުގެ އިތުރުން، ގޭގައި ބޭނުންކުރާ ތަފާތު ބަދިގޭގައި ބޭނުންކުރާ ތަކެތި ބޭނުންކޮށްގެންނެވެ. ހޫ އަށް މިފަދަ މެޝިނެއް ތައްޔާރުކުރަން މަޖުބޫރުވީ، ކޮންމެފަހަރަކު ޑައިލިސިސް ހެދުމަށް ހޮސްޕިޓަލަށް ދިޔުމަށް އުދަނގޫ ވުމުގެ އިތުރުން، ކޮންމެ ފަހަރަކު ޑައިލިސިސް ހެދުމަށްދާ ޚަރަދު ނުވަތަ ފައިސާ ހޯދުމަށް ދަތިވުމުންނެވެ.

300 × 250

ކިޑްނީގެ މިބައްޔަށް ހޫ ޑައިގްނޯސް ކުރެވުނީ 1993 ވަނަ އަހަރު ކޮލެޖުގައި ދަރިވަރެއްގެ ގޮތުގައި ކިޔަވަމުން ދަނިކޮށްނެވެ. ކިޑްނީގެ މިބަލީގެ ސަބަބުން ކިޑްނީގެ މަސައްކަތް ހުއްޓުމަކަށް އައިސް، ލެއިން ވިހަމާއްދާތަކާއި، ބޭކާރު މާއްދާތައް އުނިކުރުމުގެ މަސައްކަތަށް ހުއްޓުމެއް އައިސް، ލޭ ސާފުކުރާ މެޝިނެއްގެ އެހީގައި ނުވަތަ ޑައިލިސް މެޝިނެއްގެ އެހީގައި މިފަދަ މާއްދާތަށް ލެއިން ސާފުކޮށް ވަކިކުރަން ޖެހުނެވެ.

ޑައިލިސިސް ހެދުން ހޮސްޕިޓަލަށް ގޮސް ކުރިޔަށް ގެންދިޔަ ނަމަވެސް، 6 އަހަރުތެރޭގައި ރައްކާކުރެވުނު ލާރިކޮޅު އެއްކޮށް ހުސްވުމުން ގޮތް ހުސްވިއެވެ. އެންމެ ރަނގަޅު ގޮތަކަށް ހޫ އަށް ވިސްނުނީ، ކިޔަވާފައިވާ އެއްޗެއްގެ ބޭނުންހިފައި، ޑައިލިސް މެޝިނެއް އުފެއްދުމެވެ.

ޗައިނާ މީހުންނަކީ، ހުނަރުވެރި، އަމިއްލަ އުފެއްދުންތައް އުފެދުމަށް އަބަދުވެސް ޝައުޤުވެރިކަން ހުންނަ ބައެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި