ސަރަހައްދީ ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ މެދުގައި ބޭއްވި 15 ވަނަ އެނެސްތީސިއޮލޮޖީ ކޮންފަރެންސް އއ. އުކުޅަހުގައި ކާމިޔާބުކަމާއެކު ބާއްވައި ނިންމާލައިފިއެވެ.
މި މަހުގެ 15 އިން 16 އަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (އެމްއޭއޭ) އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ. މި ކޮންފަރެންސްގައި ޖުމްލަ 220 ފަރާތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ސާކް ސަރަހައްދުގެ އެކި ގައުމުތަކުން މި ދާއިރާގެ 190 ތަޖުރިބާކާރުން ހިމެނެއެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި އިންޑިއާ، ޕާކިސްތާން، ބޫޓާން، ސްރީލަންކާ އަދި ނޭޕާލް ފަދަ ގައުމުތަކުގެ ފުންނާބުއުސް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ސިއްހީ ހިދުމަތްތެރިންގެ އިތުރުން ކީނޯޓް ސްޕީކަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.