1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަޅު ރަށަކަށް ދަތުރު ދިޔަ ބަޔަކަށް ދިމާވި ނާމާން ބިރުވެރި ކަމަކުން ޙާލު ގޯސްވެ ފަރުވާ ދެނީ

Vodamulaa
ގއ. ވޮޑަމުލާ ބޭރުން ނާގާފައިވާ ފޮޓޯއެއް
އައިޝަތު އަންޖަަލް
64,487ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މީގެ ދެ ދުވަހެއްގެ ކުރިން ގއ. ވޮޑަމުލާއަށް ދަތުރުދިޔަ ގއ. ދާންދޫ ތިން ޒުވާނުންގެ ތެރޭން ދެ ޒުވާނަކަށް ގޮތް ނޭގޭ ކަންތައްތަކެއް ވާންފަށައިފިއެވެ.

އެ ޒުވާނުންނަށް ގޮތް ނޭނގޭ ކަންތައްތަކެއް ވާން ފަށާފައިވަނީ ރޫހާނީ ބާރެއްގެ ސަބަބުން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއްމީހުން ވަނީ "ހުވަދޫ މީޑިއާ" އަށް ކިޔައިދީފައެވެ. އެރަށު ކައުންސިލުން ހުވަދޫ އަށް މައުލޫމާތު ދެމުން ބުނީ ގޮތްނޭނގޭ ކަންތައްތަކެއް އެ ދެ ޒުވާނުންނަށް ވާން ފެށީ މީގެ ދެ ދުވަސް ކުރިން ކަމަށާއި، އެއީ 21 އަހަރުގެ ޒުވާނަކާއި 25 އަހަރުގެ ޒުވާނެއް ކަމަށެވެ. އެކަމެއް ދިމާވީ ގއ. ވޮޑަމުލާ އަށް ދަތުރު ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ. ތިން މީހުން ދިޔަ ނަމަވެސް ހާލު ދެރަވެފައިވަނީ ދެ މީހަކަށެވެ.

ވޮޑަމުލާއަށް ދަތުރުދިޔަފަހުން ފޫޅުން ތިރީގެ ވާގިނެތިގެން ދެ ޒުވާނުންނަށް ފަރުވާދޭންފަށާފައިވާއިރު މިހާރު އެކަކު ހާލުދެރަވެގެން ވަނީ ފަރުވާ އަށް މާލެ ގެނެވިފައެވެ. އަނެއްކުއްޖާ ފަރުވާދެމުންދަނީ ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.

300 × 250

އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ހާލު ދެރަވެ މާލެ ގެނައި ޒުވާނާ ފުރަތަމަ ހުންއަންނަން ފެށި ކަމަށާއި އަދި ޔޫރިންގެ މައްސަލައެއްވެސް އުޅޭތީ ދާންދޫ ސިއްހީ މަރުކަޒަށް ފުރަތަމަ ގެންދިޔަކަމަށެވެ. އެހާ ހިސާބުން އެޑުމިޓްކުރި ކަމަށާއި، އަދި ފޫޅުން ތިރީގައި ވާގި ނެތޭ ގޮތްވެ އެ ޒުވާނާ އަށް އުނދަގޫތަކެއްވާން ފެށުމުން ސްކޭނެއް ހަދަން ވިލިނގިލީ ހޮސްޕިޓަލަށް ފޮނުވީ ކަމަށެވެ.

މީގެ އިތުރުން އެ ޒުވާނުންގެ އާއިލާގެ ފަރާތުން "ހުވަދޫ" އަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ތިން ޒުވާނުންނަނަކީ އަބަދުވެސް ފަޅުރަށްރަށް ފީނަން ދިއުން ފަދަ ކަންކަމުގަ ގޮސް ހަދާ ބައެއް ކަމަށެވެ. އާދައިގެ މަތިން އެރޭވެސް ދިޔައީ އެފަދަ ބޭނުމެއްގައި ސަކާރަތް ޖަހާ މަޖާކޮށްލަން ކަމަށެވެ. އިއްރު އޮއްސުނުވަގުތު އެ އެ ފަޅު ރަށުން ހިނގައިދިޔަ ކަންތައް ކިޔައިދެމުން އެމީހާ ބުންނެވެ.

"ހުވަދޫ" އަށް މިވާހަކަތައް ކިޔައިދެމުން އެ މީހާ އިތުރަށް ބުނީ އެރޭ ދަތުރު ގޮސް ތިބީ ކުކުޅާއި ފިޔޮތް ނަގަން ކަމަށެވެ. އަދި މަސްބާނާ މަސް ކައްކަން ތިބީ ކަމަށެވެ. މަސްތައް ފަޅާ މަސް ކައްކައިގެން ކެއީ ކަމަށެވެ. އެގޮތަށް ތިއްބާ ކަޅު ހިޔަންޏެއް ފެނުނު ކަމަށެވެ. އަދި އެ ކަޅު ހިޔަނި ފެނިފަ ކަޅު މީހެއް ފެނުނު ކަމަށާއި، އެމީހާ މަޑުމަޑުން ކައިރިއަށް އައީ ކަމަށެވެ. އަދި ކައިރި ވުމަށްފަހު އެ މީހާ ދިއްކުރީ ކަށިފަޅާފައި ހުރި އެއްޗެއް ކަމަށެވެ. އަދި އެ އެތި ކާ ލުމަށް ބުނި ކަމަށެވެ. ނަމަވެސް އެއީ އެރަށަށް ދިޔަ ފަހުން ފެނުނު މީހެއް ނޫން ކަމަށާއި، ކުއްލިއަކަށް މީހަކު އެމީހުން ތިބިތަނުން ފެނުނުމުން ކުޑަކޮށް ޖެހިލުންވި ކަމަށެވެ. އެމީހާ ދިން ކަށި ފަޅާފައި އޮތް އެތި ނަގާ އޭގައި ވަސްބެލީ ކަމަށެވެ. އެ އެތީގައި ދުވީ ފަރު ވަސް ކަމަށެވެ. އެ އެތީގެ ވަސްނުބައި ކަމުން އޭތި އެއްލާލީ ކަމަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެތަނުން އެކަކު ކުޑަކަމުދާޖެހިގެން ކުޑަކަމުވެސް ދިޔަކަމަށެވެ. އޭގެ ފަހުން ރަށަށް ދާން ތައްޔާރުވި ކަމަށާއި، ދާންދޫ އަށް ދިޔައީ އެ ރަށުން ނެގި ކުޑަ ފިޔޮއްތަކާއި، ކުކުޅުވެސް ހިފައިގެން ކަމަށެވެ.

އެއީ ބުރާސްފަތި ދުވަސް ކަމަށް ވާއިރު އިއްޔެވެސް އެމީހުން ތިބީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އެކަކަށް އެކަން ބޮޑުވަރުވެ މާލެ ގެނެސްފައިޥާއިރު، އަނެއްމިހާއަށްވެސް ބަދަލު އަންނަންފެށި އޭނާ އެކު ފަރުވާ އަށް ވިލިގިއްޔަށް ދިޔަ ފަހުން ކަމަށްވެސް ބުންޏެވެ. ދަތުރު ދިޔަ ޒުވާނުންގެ ހާލު ރަނގަޅު ނޫންއިރު، ހެދި ޓެސްޓުތަކުން އެއްވެސް މައްސަލައެއް ފެނިފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އާއިލާ އިން ބުނެފައި ވެއެވެ.

ގއ. ވޮޑަމުލާ އަކީ ގިނަ ބަޔަކު ދަންނަ ރަށެކެވެ. އެރަށް ދަންނަނީ ރިޝްވަތް ނެންގެވި ކަމަށް ބުނެ ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް ކުރި ދައުވާއާ ގުޅިގެންނެވެ. އެރަށް މިހާރު ބޭނުންކުރަނީ ރިސޯޓް ތަރައްގީ ކުރުމަށެވެ. ނަމަވެސް އެ މަސައްކަތް މާބޮޑަށް ކުރިއަށް ނުދާތީ އެރަށް އޮންނީ ވިނަފަޅާ ބޯ ޖަންގައްޔެއްގެ ގޮތުގައެވެ.

ވޮޑަމުލާއާއި، ގުޅޭ ތަފާތު ވާހަކަތައްވެސް ބައެއް މީހުން ދައްކާ އުޅެއެވެ. އެގޮތުން އެ ރަށަކީ ވަރަށް ބޮޑަށް ސިހުރު ހަދާފައިވާ ރަށެއް ކަމުގެ ވާހަކަތައްވެސް އެރަށާއި ގުޅޭގޮތުން ބައެއް މީހުން ދައްކާ އުޅެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި