1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް

ހުވަދޫ ނިއުސް ޓީމް
ފޮންޓް ސައިޒް
އާދައިގެ

ފ. ނިލަންދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފްޞީލު ހާމަކުރަމުން އެމްޓީސީސީން ބުނީ، ޕޮލިސް ސްޓޭޝަންގެ އޮފީސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އަދި ބީމްތަކުގެ ޝަޓަރިންގ އާއި ރީއިންފޯސްމަންޓްގެ މުހިންމު މަސައްކަތްތައް މިހާރު ސައިޓުގައި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތެކެވެ.

300 × 250

ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ މި ޕޮލިސް ސްޓޭޝަންގެ މަސައްކަތް އެއްކޮށް ނިމުމުން، ނިލަންދޫގެ އިތުރުން ފ. އަތޮޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ޤައުމު ބިނާކުރުމުގެ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އެމްޓީސީސީން އަންނަނީ، އެ ކުންފުނީގެ ރަސްމީ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް ހުރިހާ މަޝްރޫޢުތަކެއްގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޢާންމުކޮށް ޙިއްޞާކުރަމުންނެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި