ސްވިޑަން އަންހެނެއްގެ އެންގޭޖްމަންޓް އަގޮނޓި ގެއްލުމަށްފަހު 16 އަހަރު ފަހުން، ގޭގައި ހެއްދި ކެރެޓަކުން އޭނާގެ ގެއްލުނު އަގޮނޓި ފެނެއެވެ. ލެނަ ޕާހުލްސަން ކިޔާ ސްވިޑްން އަންހެނަކު އަމިއްލަޔަށް ޑިޒަިއިންކޮށް، މީހަކު ލައްވާ ތައްޔާރު ކުރި އެނާގެ އެންގޭޖްމަންޓް އަގޮނޓި ގެއްލި، ޒަމާންތަކެއްވުމުން، ފެންނާނެ ކަމުގެ އުއްމީދު މުޅިން ދޫކޮށްލައެވެ. ރިހިން ހަދާފައިވާ މިއަގޮނޓީގައި 7 ކުދި ޑައިމަންޑް ހިމެނިފައި ވެއެވެ. އަދި މިއަގޮނޓި ގެއްލިފައިވަނީ 1995 ވަނަ އަހަރުގައެވެ. 16 އަހަރުފަހުން، މިއަގޮނޓި ފެނިފައި ވާއިރު، މިއަގޮޓި ލެނަގެ އިގިލިތަކަށް ކުޑައެވެ. ނަމަވެސް އަގޮޓީގެ ސައިޒް ބޮޑުކޮށްލައިގެން އަދިވެސް މިއަގޮނޓި އަޅަން ލެނަ ބޭނުމެވެ.

ޕާހުލްސަން ގެ އާއިލާ ދިރިއުޅެނީ ސްވިޑަންގެ މެދުތެރޭ މޯރާގެ ދަނޑު ހައްދާ ސަރަހައްދެއްގައެވެ. މީގެ 16 އަހަރުކުރިން، ގޭގައި ގަސްއިންދުމުގެ މަސައްކަތެއްގައި އުޅުމަށްފަހު ބަލާ ލެވުނު އިރު އަގޮނޓި ވަނީ ގެއްލިފައެވެ. އަގޮނޓި ހޯދުމަށް ވަރަށް މަސައްކަތް ކުރެވުނު ނަމަވެސް، އަގޮނޓި ވަނީ ނުފެނިފައެވެ. އަގޮނޓި ނުފެނި ގިނަދުވަސް ވުމުން، ފެނިދާނެކަމުގެ އުއްމީދުވެސް ވަނީ ގެއްލިފައެވެ.

ގިނަ ދުވަސްތަކަކަށްފަހު، ވަރަށް އާދަޔާ ޚިލާފް ގޮތަކަށް ކެރެޓަކުން އަގޮނޓި ވަނީ ފެނިފައެވެ. ލަފާކުރެވޭގޮތުގައި ކެރެޓް އިންދިފައި ވަނީ އަގޮނޓީގެ މެދަށްވާގޮތަށެވެ. ކެރެޓް ހެދި ބޮޑުވިރު، ކެރެޓްގެ މެދަށް އަރައި އަގޮނޓި ވަނީ ބާރުވެފައެވެ. މިހާދުވަސްފަހުން، އަގޮނޓި ފެނުމުން ލެނަ ހުރީ އުފަލުން ފޮޅިފައެވެ. ނަމަވެސް އަގޮނޓީގެ ސައިޒު ކުޑަވުމުން އަތުގައި އެޅޭގޮތެއް ނުވެއެވެ. ނަމަވެސް، އަނގޮޓީގެ ސައިޒަށް ބަދަލު ގެނެސްގެން އަދިވެސް، މިއަގޮނޓި އެޅުމަށް ލެނަ ބޭނުމެވެ.