1280 × 720 (16:9)
ހޯމަ17 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެތެއިން... ފޮޓޯ: މަޖިލިސް
މަރްޔަމް ޝަފާ ސައީދު
4ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށްޓަކައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ، މާލިއްޔަތު ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ފާސްކުރަން ފެންނަކަމަށް ނިންމައި ހުށަހެޅި ރިޕޯޓަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.

މި ބިލުގައި ޤާނޫނަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ މާއްދާގައިވާ ގޮތުން، ޤައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވެއެވެ. އަދި ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ މުއާމަލާތްތައް ޕްރޮސެސްކޮށް، ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސްވިޗެއްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވެއެވެ.

300 × 250

މި ބިލު ހުށަހަޅުއްވަމުން މެންބަރު ޝާހިދު ވިދާޅުވީ، ތަފާތު ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އެއް ވިޔުގައަކުން ގުޅާލެވުމުން އެއް ބޭންކެއްގެ ކާޑާއި ވޮލެޓުން އަނެއް ބޭންކެއްގެ ކިޔުއާރުކޯޑު އަދި މެޝިންތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި މީގެ ސަބަބުން މުއާމަލާތްތަކުން ނަގާ ފީ ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމަށްޓަކައި ނުހަނު މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ.

އިނގިރޭސި

މިއީ އޭއައި އިން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އެހެންކަމުން ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

    300 × 250

    ޚިޔާލު

    ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

    އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

    ގުޅުންހުރި