މާލެ ޓެކްސީލައިންގެ ޚިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ހާމަކުރެއްވި ގޮތުގައި، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. އެ ކުންފުނިން ކުރިއަށް ގެންދިޔަ އެތެރޭގެ ތަހުގީގުން ދައްކާ ގޮތުގައި، އެ މުވައްޒަފު އެ އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަޤުސަދެއް ހާސިލުކުރުމުގެ ނިޔަތުގައެވެ.
މި މައްސަލައާ ގުޅިގެން އެމްޓީސީސީން ބުނީ، ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އައިސީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން އެކަން އޮޕަރޭޝަންސް ޓީމުގެ ސަމާލުކަމަށް ގެނެވުނު ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިސްޓަމް ވަގުތުން ޝަޓްޑައުންކޮށް، ސެކިޔުރިޓީ ލޮކްޑައުންއަކަށް ގެންދެވުނު ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އެ މުވައްޒަފުގެ މައްސަލަ މިހާރު ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާއިރު، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ




.webp)


ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.