
ޚަބަރު
ރައްޔިތަކު ބޭނުމެއްޖެހިގެން ފުލުހަކު ކައިރިއަށް ހިނގައްޖެނަމަ މާޔޫސްކޮށްނުލާތި: ސީޕީ ޝުޖާއު
ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް ހިނގައްޖެނަމަ ރައްޔިތުން މާޔޫސްކޮށް ނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ސީޕީ ޝުޖާއު ހއ.އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައިވާ ކަމަށެވެ.…



















