1280 × 720 (16:9)
އަންގާރަ18 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޯލްޑިވްސް ޕްރިމިއަރ ބޭންކު، ރައީސް އިފްތިތާހުކޮށް ދެއްވައިފި

ރައީސް މޯލްޑިވްސް ޕްރިމިއަރ ބޭންކު އިފްތިތާހުކޮށްދެއްވަނީ
ރައީސް، މޯލްޑިވްސް ޕްރިމިއަރ ބޭންކު އިފްތިތާހު ކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
މަރިޔަމް އަފީފާ
12ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ


މޯލްޑިވްސް ޕްރިމިއަރ ބޭންކު ރަސްމީކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވައިފިއެވެ.

ބާސެލޯ ނަރަންދުރަގައި ބޭއްވި ހަފުލާއެއްގައި ބޭންކުގެ ޚިދުމަތް އިފްތިތާހު ކުރިއިރު، މި ބޭންކުގެ ފުރަތަމަ ބްރާންޗުވެސް މިހާރުވަނީ ހުޅުވާފައެވެ.

300 × 250

ބްރާންޗު ހުޅުވުމަށް ފަހު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންވާ ބޭންކުގެ ޚިދުމަތްތައް ދިނުމަށް އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނާއި އަދި ކަސްޓަމަރުންގެ ބޭންކިން އެކި ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާނެ އިންޓަރނެޓް ބޭންކިން ޕޯޓަލް މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.

މި ދެ ޚިދުމަތް ވެސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޚިދުމަތް ފަށާފައިވާ، އެ ބޭންކުން އާންމު ފަރުދުންނަށާއި، ވިޔަފާރިތަކާއި އަދި ކުންފުނިތަކުގެ ބޭނުންވާ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. މި ބޭންކު ހެދުމުގެ މަސައްކަތް ފެށިގެން ދިޔައީ މިދިޔަ އަހަރުގެ މޭއި މަހު ބޭންކުގެ އޮޕަރޭޓިން ލައިސެންސް މަރުކަޒީ ބޭންކުން ހަވާލުކުރުމާއެކުގައެވެ.

މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ، ދިވެހިރާއްޖޭގައި ލައިސެންސް ލިބި ހިންގަން ރަސްމީކޮށް ޚިދުމަތް ދޭން ފެށި 9 ވަނަ ބޭންކެވެ


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި