މާލޭގެ ވެސްޓް ޕާކް ސަރަހައްދުގައި މަސްބޭނުމަށް ހާއްސަ ޕްލެޓްފޯމެއް (ފިޝިން ޕްލެޓްފޯމް) ތަރައްގީކުރުމުގެ މަޝްރޫއަށް އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާއްސަ ސާވޭއެއް ފަށައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި ސާވޭގެ މައިގަނޑު ބޭނުމަކީ ވެސްޓް ޕާކް ސަރަހައްދު މަސްބޭނުމަށް އެންމެ އެކަށޭނަ އަދި އާންމުން ބޭނުންވާ ފަދަ ފުރިހަމަ ގޮތެއްގައި ތަރައްގީކުރުމަށްޓަކައި، ރައްޔިތުންގެ ހިޔާލާއި ފެންނަ ގޮތްތައް ދެނެގަތުމެވެ. މިގޮތުން މި މަޝްރޫއުގެ ޕްލޭނިން މަރުހަލާގެ ތެރެއިން ޢާންމުންގެ ހިޔާލު ހޯދުމަށް އޮންލައިން ސުވާލު ކަރުދާހެއް މިހާރު ވަނީ ޢާންމުކޮށްފައެވެ.
މި ސާވޭ ކުރިއަށްދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. އެމްޓީސީސީން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި ސާވޭގައި ބައިވެރިވެ، މަޝްރޫއާ ގުޅޭގޮތުން ދެކޭގޮތް ހިއްސާކޮށްދިނުމަށް އެދިފައެވެ. މި ސާވޭގައި ދިވެހި އަދި އިނގިރޭސި ބަހުން ފުރިހަމަކުރެވޭ ގޮތަށް ދެ ފޯމެއް ވަނީ ހުޅުވާލާފައެވެ.
ވެސްޓް ޕާކް ސަރަޙައްދަކީ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން މަސްބޭނުމަށާއި ހިތްހަމަޖައްސާލުމަށް ޒިޔާރަތްކުރާ ސަރަހައްދެކެވެ. އަހަރުތަކެއް ކުރިންވެސް މިތަނުގައި މަސްބާނަން ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.