1280 × 720 (16:9)
ބުދަ19 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ޒަމާނީކޮށް ހުރިހާ ޚިދުމަތެއް ލިބޭ ގޮތް ހަދަނީ

ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު. ފޮޓޯ: ވޮއިސް
މަރިޔަމް އަފީފާ
5ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ


ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ޒަމާނީކޮށް ހުރިހާ ޚިދުމަތެއް ލިބޭ ގޮތް ހަދަން ނިންމައިފިއެވެ.

މިފަދައިން ނިންމާފައިވަނީ، އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ.

300 × 250

އެ މަރުކަޒަކީ ހުރިހާ ޚިދުމަތްތަކެއް ލިބޭ "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހެދުމަށްޓަކައި، އެ މަރުކަޒު އަޕްގްރޭޑްކުރުމުގެ ކަންކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކުން ހޯއްދަވައިގެން މިކަން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ސަރުކާރުން ވަނީ އެ މަރުކަޒުގެ އައު އެކޮމޮޑޭޝަން އިމާރާތް ބްލޮކުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރު ހަވާލުވިއިރު އެތަނުގައި ވަސީލަތްތައް ނެތުމުގެ މައްސަލަ އޮތީ ކުރިމަތިވެފައެވެ. އެގޮތުން ފުރަތަމަ އެތަނުގައި އެމީހުންނަށް ބޭނުންވާ އެނދާއި، ކާބޯތަކެތީގެ އިންތިޒާމްތައް ރަނގަޅު ކުރުން ފަދަ ކަންކަން ކުރަން ޖެހުނު ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުން ނުކުންނަ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ކުރިން، އެމުޖުތަމަޢެއްގައި ހިމެނޭ މުއައްސަސާތަކާއި، އެމީހެއްގެ ޢާއިލާއަށް ދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީ އެމީހަކަށް ފަހި ވެއްޓެއް ޤާއިމުކުރުމެވެ. އަދި ފަރުވާއަށްފަހު ނުކުންނަ މީހުންގެ ތެރެއިން ވަޒީފާއަށް ދާން އެދޭ ފަރާތްތަކަށް މަރުކަޒުގެ އެހީގައި އެ ފުރުޞަތު ފަހިކޮށްދީ، އަބުރުވެރި ދިރިއުޅުމެއް ހޯދޭނެ މަގު ކަށަވަރު ކުރުމެވެ. މިއާއެކު އެމީހަކީ، ފަރުވާއަށްފަހު ޢާއިލާއަށް ބުރައަކަށްވުމުގެ ބަދަލުގައި އަމިއްލައަށް ކަންކަން ކުރެވޭނެ މީހެއްގެ ގޮތުގައި ޢާއިލާތަކަށްވެސް ޤަބޫލުކުރެވޭނެ މަގުފަހިކޮށްދިނުމަކީ މަރުކަޒުން މިހާރު ޚާއްޞަ ސަމާލުކަމެއް ދެމުންދާ ކަމެކެވެ.

މާލެއަތޮޅު ގުރައިދޫގައި ތަރައްޤީކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހުންނަ އިމާރާތަކީ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިމާރާތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި