1280 × 720 (16:9)
ބުދަ19 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިސްލާމީ ކަންތައްތަކަށް އެއްބާރުލުން ހޯދުމަށް މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރާއި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރާއި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައްދަލުކުރެއްވުން / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މަރިޔަމް އަފީފާ
ފޮންޓް ސައިޒް
އާދައިގެ


އިސްލާމީ ކަންތައްތަކަށް އެއްބާރުލުން ހޯދުމަށް މަޝްވަރާކޮށްފިއެވެ.

މިފަދަ މަޝްވަރާތަކެއް ކޮށްފައިވަނީ، ދިވެހިރާއްޖެއާ ސަޢުދީ އަރަބިއްޔާއާ ދެމެދުގައެވެ.

300 × 250

އެގޮތުން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

ބައްދަލުވުމާ ގުޅޭގޮތުން ދައުލަތުގެ މީޑިޢާއާ މައުލޫމާތު ހިއްސާކުރައްވާ ވަޒީރު ޝަހީމް ވަނީ، ސަޢުދީ ޢަރަބިއްޔާ ސަރުކާރުން އަބަދުވެސް ދިވެހިރާއްޖެއަށް ބަހައްޓަވާ ޚާއްޞަ ގާތްކަމާއި، ޚާއްޞަކޮށް އިސްލާމީ ދާއިރާއިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއާއި ސަޢުދީގެ ގުޅުން ބަދަހިކުރުމަށް ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށްޓަކައި ވެސް ވަޒީރު ވަނީ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. އެގޮތުން ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާއިން އިތުރު ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވެއެވެ.

ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކުރީ 17 މާރޗް 1981ގައެވެ. ސައުދީއަކީ ރާއްޖެއަށް ގިނަ ދާއިރާތަކުން މިހާރު ވެސް އެހީވަމުން އަންނަ ގައުމެކެވެ. އެގޮތުން އެކި ދާޢިރާތަކުން ރާޢްޖެއަށް ކުރިއެރުން ހޯދާދިނުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޤައުމުން ދަނީ އެހީތެރިވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި